އަމީރުލް ހައްޖު، އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ޒާހިރު ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރައްވާ ޙާލު ބައްލަވާފައިވާ ކަމަށެވެ.
ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން މައުލޫމާތު ދެއެވެ. 1443 ވަނަ އަހަރުގެ ޙައްޖު ދުވަހަކީ މި އަންނަ ހުކުރު ދުވަހެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ހައްޖުވެރިން މިނާއަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ދަތުރު ފަށާނެ ކަމަށެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް ގޮސްފައިވަނީ 453 ހައްޖުވެރިންނެވެ. ރާއްޖޭގެ އަމީރުލް ހައްޖުގެ ގޮތުގައި މިއަހަރު ސަރުކާރުން ހަމަޖައްސާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރު އަލީއެވެ.