Last Updated: April 25, 18:52
Thursday, April 25, 2024
ރިޕޯޓް

އީދު ޗުއްޓީ މީދޫގައިތަ، މިއޮތީ ގެސްޓް ހައުސް ނަމްބަރުތައް!

މީދޫގައި ހުންނަ ޒެން ހޮޓެލް: ފޮޓޯ - ޒެން ހޮޓެލް މީދޫ ފޭސްބުކް ޕޭޖް

ބޮޑު އީދު ފާހަގަކުރުމަށް އައްޑޫ މީދޫގައި އައްޑޫ އީދު ފެސްޓިވަލްގެ ނަމުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

މި ފެސްޓިވަލުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން މީދުއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ އިރު، އެންމެ މުހިންމު އެއް ކަމަކީ ހުރުމުގެ އިންތިޒާމުތަކެވެ.

މީދޫގެ ގެސްޓް ހައުސްތަކުން މީހުންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނައިރު، ކުރިއާލާ ބުކިން ހަދާލުމުން އީދު ފެސްޓިވަލުގައި ފުރިހަމަ އަށް ބައިވެރިވެވޭނެކަން ޔަގީނެވެ.

އެވަރެސްޓް ލޮޖް: ޖުމުލަ 4 ކޮޓަރީގެ މި ގެސްޓްހައުސްއިން ބުކިންގ ހެއްދުމަށް 9167353 އަށް ގުޅާލެވޭނެ އެވެ.

ޕައިންވުޑް ހައިޑްއަވޭ: 3 ކޮޓަރީގެ މި ގެސްޓްހައުސްއިން ބުކިންގ ހެއްދުމަށް 9166699 އަށް ގުޅާލެވޭނެ އެވެ.

ޗާމިން: 4 ކޮޓަރީގެ މި ގެސްޓް ހައުސްއިން ބުކިން ހެއްދުމަށް 9785796 އަށް ގުޅާލެވޭނެ އެވެ.

ޒެން ހޮޓެލް: 10 ކޮޓަރީގެ މި ގެސްޓް ހައުސްއިން ބުކިން ހެއްދުމަށް 9772270 އަށް ގުޅާލެވޭނެ އެވެ.

މުލިމަތި ލޮޖް: 3 ކޮޓަރީގެ މި ގެސްޓް ހައުސްއިން ބުކިން ހެއްދުމަށް 7796003 އަށް ގުޅާލެވޭނެ އެވެ.

އައްޑޫ އީދު ފެސްޓިވަލުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވާފައިވާ އިރު، މި ފެސްޓިވަލަކީ ދެކުނުގައި ބޭއްވޭ އެންމެ ކުލަގަދަ އެއް ފެސްޓިވަލަށް ހެދުމަށް މީދޫގެ ރައްޔިތުން ވަނީ އަމާޒު ހިފައިފަ އެވެ.

މި ފެސްޓިވަލަށް ތައްޔާރުވުމުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް ދާއިރު، ފެސްޓިވަލުގެ ތެރެއިން ކުޅިވަރުގެ ގިނަ ހަރަކާތްތަކާއި އާއިލީ ހަވީރުތައް ވެސް ކުރިއަށް ގެންދާނެ އެވެ.