Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މީދޫގެ ކުލީ ކޮޓަރީގެ މަޢުލޫމާތު އެއްކުރަނީ

މީދޫގައި ހުންނަ މުލިމަތި ލޮޖް ގެސްޓްހައުސްގެ ފޮޓޯއެއް

އައްޑޫ އީދު ފެސްޓިވަލާ ދިމާކޮށް މީދޫން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރަން ފަށައިފި އެވެ.

އައްޑޫ އީދު ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި މިކަމަކީ އީދަށް މީދު އަށް އަންނަ މީހުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.

ދުވަހު ކުއްޔަށް މީދޫން ކޮޓަރި ދޫކުރާ ފަރާތްތަކުން ނަގަން ނިންމާފައިވާ ޖުމުލަ އަގާއި، އެ ގެއެއްގެ މަޢުލޫމާތު ހިއްސާކުރުމަށް އީދު ފެސްޓިވަލްގެ ޓީމުން ވަނީ އެދިފައެވެ.

އައްޑޫ އީދު ފެސްޓިވަލް ޓީމުން ބުނާ ގޮތުގައި މި މައުލޫމާތު އެއްކުރުމަށް ފަހު އާންމުންނަށް އެނގޭނެހެން މައުލޫމާތު އެކިއެކި މަންސަތަކުގައި ހިއްސާކުރެވޭނެ އެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތު މީހާ އަށް ވެސް އާމްދަނީއެއް ލިބޭނެ މަގެއް ކޮށިގެންދާނެކަމަށް އެ ޓީމުން މަޢުލޫމާތު ދެއެވެ.

ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކޮށް ދިނުމަކީ އީދު ފެސްޓިވަލް ޓީމުގެ އެދުމެކެވެ. އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް 9743670 ނަންބަރަ އެވެ.

ގޫގްލް ފޯމްގެ ލިންކް: މި ޖުމުލައަށް ފިތާލުމުން ފޯމު ހުޅުވޭނެ

އައްޑޫ އީދު ފެސްޓިވަލަކީ ދެކުނުގައި ވެސް ބޭއްވޭ އެންމެ ކުލަގަދަ އެއް ފެސްޓިވަލަށް ހެދުމަށް މީދޫގެ ރައްޔިތުން އަންނަނީ ތައްޔާރުވަމުންނެވެ. މި ފެސްޓިވަލުގެ ތެރޭގައި ކުޅިވަރު އެކި މުބާރާތްތަކާއި، ކުދިބޮޑު އެންމެންގެ ހަވީރުތަކުގެ އިތުރުން ބޮޑުމަސް އަދި މާލި ޕެރޭޑެއްވެސް އޮންނާނެއެވެ.