Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ނާޒިމާ ގުޅޭ ތަހުގީގު އެބަ ހިނގާ: ޕޮލިސް

ދާދި ފަހުން އާންމުވި ވީޑިއޯއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފާހިޝް މިފަދަ އަމަލުތައް ފެންމަތިވެ، މިފަދަ އަމަލުތަކާ ދެކޮޅަށް ފުލުހުން މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ވެސް އަޅާފައި ނުވާތީ އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ވެސް ވަނީ އެފަދަ އަމަލުތައް ހިންގާ މީހުން ހިފައި ހައްޔަރުކޮށް ހައްގު އަދަބު ދޭން ގޮވައިލަމުންނެވެ.

ނާޒިމުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް މި ތަހުގީގާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެ އެވެ. އެކަމަކު ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ނާޒިމްގެ ޕާސްޕޯޓް ކުރިން ހިފަހައްޓާފައިވެ އެވެ.

ނާޒިމްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން އެންމެ ފުރަތަމަ ބުނެފައި ވަނީ މިދިޔަ މަހުގެ 24 ގަ އެވެ. ފުލުހުން އޭރު ބުނެފައި ވަނީ އޭނާ އިތުރަށް ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލްކުރުމުގެ މައްސަލަތަކެއް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފަށާފައި ކަމަށެވެ.

އާންމުވި ވީޑިއޯއެއްގައި ފެންނަނީ ނާޒިމް ކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާ އެކީ އެއްޖިންސުން ގުޅުން ހިންގާ ތަނެވެ. އަދި އެ މީހަކީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް، 25، ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އޭނައާ އަކީ ދިވެހި އެހެން ފިރިހެނުންތަކެއް ވެސް ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވެފައިވެ އެވެ.

އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ދަރިފުޅު ކަމަށް ބެލެވޭ އައްފާން އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ކާނަލް ހިމެނެ އެވެ. ކާނަލްގެ ޕާސްޕޯޓް ވެސް ފުލުހުން ރޭ ވަނީ ހިފަހައްޓައިފަ އެވެ.