Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ސަރުކާރު އޮތީ ކުނިވެފައި: ސައީދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތީ ކުނިވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސަރުކާރު ކުނިވީމާ އޭގެ އަގު ދައްކަން ޖެހެނީ ރައްޔިތުން" ކަމަށެވެ. ސައީދު މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ މާލެ ސަރަހައްދުން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ނިންމާފައިވާތީ އެވެ. އަދި މިކަމަކީ ބޭއިންސާފުން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވަ އެވެ.

އޭނަ ވިދާޅުވި ގޮތުގައި ހުޅުމާލެ އާއި ގުޅީފަޅުން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ސަރުކާރުން ނިންމި ނިންމުމަކި އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އޮތް ކަމަކަށް ހުރަސް އެޅުމެވެ. އެގޮތުން މާލޭ ރައްޔިތުންނަށް ހިލޭ 3،000 ބިން ދިނުމަކީ 48 ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށެވެ.

"ސާޅީސްއަށް ބިލިއަންގެ އަގުހުރި ބިން ހިލޭ، އެއް ލައްކަ އެތައް ބަޔަކަށް ފްލެޓް އެޅުނީސް؟ އަށް ބިލިއަންގެ ނުފެންނަ ބުރިޖް؟ ދަރަނި 100 ބިލިއަނަށް." ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ހާލަތު މި ގޮތަށް އޮތް އިރު، މައިކުއަތުގައި ޖެހޭ އިރަށް "ރަށު ރައީސް" "ޖަޒީރާ ރައީސް" އޭ ގޮވާ ކަމަށެވެ.

"ސަރުކާރު ކުނިވީމަ [އޭގެ] އަގުދައްކަން ޖެހެނީ މުޅި ރައްޔިތުންތަ؟" ސައީދު ވިދާޅުވި އެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހު އެއްކޮޅުން އަނެއްކޮޅަށް ބެލިޔަސް މިހާރުގެ ރައީސްވަރުގެ އަނިޔާވެރިއަކު ވެރިއެއް ނެތް ކަމަށެވެ.