ރާއްޖޭހެ ފުރަތަމަ "ސްޕޭޝް މިޝަން" އަށް ކިޔާނެ ނަމެއް ހޯދަން އާންމުކޮށް ހުޅުވާލައިފި އެވެ.
މި ހަފުތާގައި މިޝަނަށް ހަތް މެމްބަރުން ވެސް ކަނޑައެޅި މިޝަނަށް ކިޔާނެ "ކޫލް" އަދި ކެޗީ" ނަމެއް ހޯދަން ހުޅުވާލައި، ނަންތައް ފޮނުވުމުގެ ފުރުސަތު "ސްޕޭޝް މިޝަން" ގެ މަސައްކަތުގައި ހިއްސާވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މި މަހުގެ 16 އާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.
Got cool & catchy names for the first space mission happening in our Country?
Send them in through https://t.co/XTDV4Re2PF, and be a part of Maldives’ first space mission. Tell us your ideas before 16th July 2022. pic.twitter.com/Hqc6EcG4sh
— HDC (@hdcmaldives) July 6, 2022
ރާއްޖޭގެ ފުރަތަމަ "ސްޕޭޝް މިޝަން" އަކީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) ގެ މަސައްކަތެކެވެ. މީގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ ފުރަތަމަ "ޕްރޮޓައިޕް ސެޓެލައިޓް" ހަދައި ޓެސްޓުކުރުމެވެ.
"ސްޕޭޝް މިޝަން" ގައި ހިމެނޭ މެމްބަރުންނަކީ ރ. އަލިފުށި ހުސައިން އައްސަދާއި އއ. ބޮޑުފުޅަދޫ އަހުމަދު އީޖާޒް އަބްދުﷲ އާއި މާލޭގެ މަރިޔަމް މަހްރޫސާ އަބްދުއްރަހްމާނާއި ގދ. ރަތަފަންދޫ މަރިޔަމް ޝިމާނަތާއި މާލޭގެ މުހައްމަދު އަޝްހަމް މުޖުތަބާގެ އިތުރުން ހއ. އިހަވަންދޫ މުހައްމަދު ޖުނައިދެވެ.