Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ކާފަ އާއި މުނިކާފަ އުމުރަށް ޖަލަށް

މީގެ ދެ އަހަރު ކުރިން ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ޖެނުއަރީ 15، 2020 ހައި ކަމާ ބެހޭ ފަރާތްތަޖަށް ރިޕޯޓްކުރި މައްސަލާގައި ކުއްޖާގެ ކާފަ އިބްރާހިމް ދީދީ، 64، އާއި މުނިކާފަ ހަސަން ދީދީ، 84، ގެ މައްޗަށް އުފުލީ އާއިލާގެ މެމްބަރުންގެ ގޮތުގައި ތިބެ ކުއްޖާއާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. ދައުވާ ސާބިތުވެ، އެ ދެ މީހުން އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ ސިއްރުން ކުރިއަށް ގެންދިޔަ ޝަރީއަތެއްގަ އެވެ.

ފަންސަވީސް އަހަރުގެ ޖަލު ހުކުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ދެވޭ އެންމެ ބޮޑު އަދަބެވެ.

އިބްރާހީމާއި އޭނަގެ ބައްޕަގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ކުއްޖާ ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށް އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން ދެން ޖަލުގައި ހޭދަކުރަން ޖެހޭނީ 22 އަހަރާއި ހަ މަސް ދުވަހަށެވެ.