Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ކުރިއަށް މޫސުން ގޯސް ފަސް ދުވަސް، ކަނޑުތައް ގަދަވާނެ

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ހުކުރު ދުވަހުން އާދީއްތަ ދުވަހަށް އުތުރާއި މެދުރާއްޖެތެރޭގައި އާއްމު ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ހޯމަ އަންގާރަ ދުވަހު އެކި ހިސާބަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ބަލައި، މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.