Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ހައްޖާޖީންނާ ބެހޭ މައުލޫމާތު ފަސޭހަ އިން ލިބޭނެ

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ ދިވެހިންނާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފަސޭހަ އިން ލިބޭނެ ގޮތަށް އިސްލާމިކް މިނިސްޓްރީން އިންތިޒާމުތައް ހަމަޖައްސައިފި އެވެ.

އެގޮތުން "މޯލްޑިވްސް ހައްޖު މިޝަން" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖް މެދުވެރިކޮށް ދިވެހި ހައްޖާޖީންނާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ އެވެ. މި ޕޭޖް މެދުވެރިކޮށް ހައްޖާ ބެހޭ މުހިއްމު މައުލޫމާތުތައް ވެސް ލިބޭނެ އެވެ.

ހައްޖުވެރިން މިހާރު ތައްޔާރު ވަނީ މިނާ އަށް ދަތުރުފެށުމަށެވެ. ހައްޖު ދުވަހަކީ މާދަމަ އެވެ.

މި އަހަރު ރާއްޖޭން ހައްޖު ގެ އަޅުކަމަށް ދިޔައީ 453 މީހުންނެވެ. އެއީ މުޅިން ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. މި އަހަރުގެ އަމީރުލްހައްޖަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކނބަލުން ފަޒުނާ އަހުމަދު ވެސް މި އަހަރު ހައްޖުގެ އަޅުކަން އަދާކުރައްވަ އެވެ.