މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އިން ހަމަޖައްސާފައިވާ އިންތިޒާމުތަކަށް ގައުމުތަކުން ތައުރީފުކޮށްފި އެވެ.
މާދަމާ ހައްޖު ދުވަސް ފާހަގަކުރާ އިރު، މި އަހަރުގެ ހައްޖަށް މީހުން ދިޔަ ގިނަ ގައުމުތަކުން ވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ގިނަ އަދަދެއްގެ ބަޔަކަށް ފޔރުސަތު ދީގެން ހައްޖުގެ އަޅުކަން އަދާކުރަން ސައުދީން ފަހިކޮށް ދިން ފުރުސަތުތަކާއި އިންތިޒާމުތަކަށް ވަރަށް ބޮޑަށް ތައުރީފު،ކޮށް ޝިކުރު ވެސް އަދާކޮށްފަ އެވެ.
އެކިއެކި ގައުމުތަކުގެ ސަފީރުންނާއި އެ ނޫން ވެސް ޑިޕްލޮމެޓުން ވަނީ ސައުދީގެ ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށާއި ހައްޖާޖީންނަށް ފަސޭހަވާނެހެން އެތައް ކަމެއް ފުރިހަމަކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން ސައުދީގެ ތެރޭގައި ކުރަން ޖެހޭ ދަތުރުތަކާއި ހައްޖުވެރިން ތަންތަނުގައި ތިބުމުގެ އިންތިޒާމުތަކާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ގައުމުތަކުން ތައުރީފުކޮށްފައިވެ އެވެ.
Tarwiyah Day – "White Dawn"#Hajj#Hajj1443 pic.twitter.com/Y4dsBcrvrv
— Haramain Sharifain (@hsharifain) July 7, 2022
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުސަތު ދުނީ އެއް މިލިއަން މީހުންނަށެވެ. ކޮވިޑްގެ ކުރިން އެވްރެޖްކޮށް އަހަރަކު 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރަމުން އައިސްފައިވެ އެވެ.
މީގެ ދެ އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑް-19 އާ ހެދި 2020 ގައި ހައްޖުގެ އޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނީ ހަމައެކަނި ސައޫދީގައި ތިބި 1،000 މީހަކަށެވެ. އަދި މިދިޔަ އަހަރު އެ ފުރުސަތު ލިބުީނީ ސައުދީ މީހުންނަށް އެކަންޏެވެ. މިދިޔަ އަހަރު ހައްޖުގެ އަޅުގެ އަޅުކަން އަދާކުރީ 60،000 މީހުންނެވެ.
ހައްޖަކީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރެއިން ފަހު ރުކުނެވެ. އަދި މިއީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރަން ވާޖިބު އަޅުކަކެމެވެ.
މި އަހަރު ރާއްޖޭން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ އެންމެ 453 މީހަކަށެވެ.