Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އީދުގެ ބޮޑު ޖަމައާތް އައްޑޫގެ ދެ އަވަށެއްގައި

މި އަހަރުގެ އަޟްހާ އީދުގެ ބޮޑު ޖަމާއަތް ބާއްވަން ހަމަޖެހިފައި ވަނީ އައްޑޫގެ ދެ އަވަށެއްގައި ކަމަށް ކައުންސިލުން ބުނެފި އެވެ.

އެ ދެ އަވަށަކީ ހިތަދު އާއި ފޭދު އެވެ. ހިތަދޫގެ ބޮޑު ޖަމާއަތް އޮންނާނީ ސްޓީ ސްކެއާގަ އެވެ. އަދި ފޭދޫގެ ބޮޑު ޖަމާއަތް އޮންނާނީ ޓާފް ދަނޑުގަ އެވެ. މި ދެ އަވަށް ފިޔަވައި އައްޑޫގައި އެހެން އަވަށްތަކުގައި އީދު ނަމާދުކުރުން އޮންނާނީ އެ އަވަށްތަކުގެ ހުކުރު މިސްކިތްތަކުގަ އެވެ.

ހުރިހާ އަވަށެއްގައި ވެސް އީދު ނަމާދަށް ފަހު އީދު ސަޔާއި އުޟުހިޔާ ކަތިލުން ވެސް އޮންނާނެ އެވެ.

މި ފަހަރުގެ ބޮޑު އީދު ވަރަށް ކުލަގަކޮށް ފާހަގަކުރަން ނިންމާފައިވާތީ މާދަމާ ރެއިން ފެށިގެން މި މަހުގެ 13 އާ ހަމައަށް އެކިއެކި ކުޅިވަރު ހަރަކާތްތައް މުބާރާތްތަކުގެ ގޮތުގައި ހުރިހާ އަވަށްތަކެއްގައި ވެސް ކުރިއަށް ދާނެ އެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މާދަމަ އެވެ. އީދު ދުވަހަކީ ހޮނިހިރު ދުވަހެވެ.