ހައި ކޯޓަށް ދެ ފަނޑިޔާރަކު އައްޔަންކުރަން ނިންމައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ބޭފުޅުންނަކީ ގާޒީ ދީބަނާޒް ފަހުމީ އާއި މުހައްމަދު ސަލީމް ކަމަށެވެ. އެ ބޭފުޅުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމީ އިއްޔެ އެވެ.
ދީބަނާޒަކީ ކްރިމިނަލް ކޯޓްގެ ފުރަތަމަ އަންހެން ގާޒީ އެވެ. އަދި އޭނަ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ހަމަލާގެ މައްސަލަ ބަލަން ހަމަޖެއްސި ނަލް ކޯޓުގެ ބެންޗުގެ ރިޔާސަތަށް ހަމަޖެއްސެވި ބޭފުޅާ ވެސް މެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ސަލީމަކީ އެ ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ދީބަނާޒާއި ސަލީމް ފަނޑިޔާރުކަމުގެ ހުވާކުރަން ހަަމަޖެހިފައި ވަނީ އަންނަ މަހުގެ 9 ގަ އެވެ.
ހައި ކޯޓު އެކުލެވެނީ އިސް ފަނޑިޔާރާ އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ.