Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އަލަމްގީރާ އެކީ މި ފަހަރު ފުލުހެއް

ސިލްސިލާކޮށް ލީކްވަމުންދާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލައެއްގައި ފުލުހަކު ސަންޕެންޑްކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންގަލްދޭޝްގެ އެމްޑީ އަލަމްގީރް، 25، އާ އެކީ އެއްޖިސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން ފުލުހުންގެ ވަޒީފާ އިން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާންޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު، 36، ކަމަށެވެ.

އޭނާ ސަންސްޕެންޑްކޮށްފައި ވަނީ ވީޑިއޯތައް ލީކްވާން ފެށުމުން ފުލުހުންގެ ޑިއުޓީ އަށް ނުނިކުމެ ފިލައިގެން އުޅެނިކޮށް ކަމަށް އެނގިފައިވެ އެވެ. ފުލުހުން ބުނީ މައްސަލަ މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އަޑުއަރާފައިވާ ގޮތުން އަލަމްގީރާ އެކީ ރާއްޖޭގެ 42 މީހަކު އެއްޖިންސުން ގުޅުން ހިންގާފައިވެ އެވެ. ކުރިން ލީކްވެފައިވާ ވީޑިއޯތަކުން ފެންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ ދަރިފުޅު އައްފާން އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހެއްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.

މި މީހުން ރާއްޖޭން ފުރުން މަނާކޮށް، ޕާސްޕޯޓްތައް ވަނީ ހިފަހައްޓައިފަ އެވެ.