ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް ދިވެހި ހައްޖު މިޝަން އިން މިއަދު ބުނެފި އެވެ.
ހައްޖު މިޝަން އާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 11 ޖެހިއިރު ޙައްޖުވެރިން ޢަރަފާތު ބިމަށް އައިސްފައިވާ ކަމަށެވެ. އެގޮތުން ދިވެހި ހުރިހާ ޙައްޖުވެރިން ވެސް މިހާރު ތިބީ ޢަރަފާތު ބިމުގައި ކަމަށާއި ޙުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު ކަމަށް ބުނެފައިވެ އެވެ.
ހުކުރު ދުވަހު ހެނދުނު މައްކާ ގަޑިން 9 ޖެހި އިރު ރާއްޖެ ގަޑިން 11 ޖެހިއިރު ޙައްޖު ެރިން ވަނީ ޢަރަފާތު ބިމައްއައިސްފަ . ދިވެހި ހުރިހާ ޙައްޖު ވެރިންވެސް މިހާރު ތިބީ ޢަރަފާތު ބިމުގަ. ޙުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު الحمد لله.
-ދިވެހި ޙައްޖު މިޝަން-#ޙައްޖު1443 #ޙައްޖުމިޝަން pic.twitter.com/81uOQNJtcy— Ministry of Islamic Affairs (@MVIaffairs) July 8, 2022
ރާއްޖޭން މި އަހަރު ހައްޖަށް ގޮސްފައިވަނީ 453 މީހުންނެވެ. އެއީ މުޅިން ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރައީސް ކަނޑައެޅުއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 1 މިލިއަން މީހުން މިއަދު އަރަފާތު ބިމަށް ޖަމާވެފައިވެ އެވެ.