އީދަކީ މާތްﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައިވާ މުނާސަބަތެއް ކަމަށް އީދު ހުތުބާގައި ބުނެފިއެވެ.
އީދު ހުތުބާގައި ބުނެފައިވަނީ އީދަށް އީދޭ ކިޔުނީ، ކޮންމެ އަހަރު އައު އުފާރަކަކާއެކު މިދަސްތައް އަންާތީ ކަމަށެވެ. އިސްލާމީ އީދުތަކުގައި އޮތީ އުފާވެރިކަމާއި، މުނިފޫހި ފިލުވުން ކަމަށާއި އަދި ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރިކަމުން ކަމަށެވެ.
އިސްލާމްދީނުގައި އީދަކީ ޝަހްވަތްތަކުގެ ފަހަތުން ދުއްވައިގަތުން ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އީދު ދުވަހަކީ ކާބޯތަކެތިން ބަނޑު ފުރައިލުންވެސް ނޫން ކަމަށެވެ. އަދި އެއީ މާތް ﷲ ގެ ހައްދުތައް ފަހަނަ އަޅައި ދިއުންވެސް ނޫން ކަމަށެވެ.
"އިސްލާމީ އީދުތައް އަންނަނީ ﷲ އަށް އަދާކުރަން ޖެހޭ މުހިންމު އަޅުކަންތަކަކާ ގުޅިގެންނެވެ. އެހެން ކަމުން އިސްލާމީ އީދުތަކަކީ މާތްﷲގެ ކިޔަމަންތެރިކަން އަދާކުރުން މަތީގައިވާ މުނާސަބާތަކެކެވެ." އީދު ހުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން ހުތުބާގައި ބުނެފައިވަނީ އީދަކީ އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންގެ މައްޗަށް އޮތް އުފަލެއް ކަމަށެވެ.