Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

މީމު އެއާޕޯޓްގެ މަސައްކަތް ބާރަށް ކުރިއަށް

މ. މުލީގައި ތަރައްގީ ކުރާ މީމު އެއާޕޯޓްގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ހާމަކޮށްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ މީމު އެއަޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިންގ ގެ ޕްލާސްޓަރިންގ މަސައްކަތާއި، ރަންވޭ ހަދަން ހަމަޖެހިފައިވާ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތާއި، ޓާރމިނަލް ބިލްޑިންގ ގެ ފައުންޑޭޝަން މަސައްކަތްތައް ކަމަށެވެ.

މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީމު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 243.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.