Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ނައިޓް މާކެޓް ބާއްވާނީ ކޮވިޑާއި ޑެންގޫ މަދުވި އިރަކުން

ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑް އަދި ޑެންގޫ ފަދަ ރޯގާތައް މާލޭގައި ފެތުރުން ގިނަ އިރެއްގައި ނައިޓް މާކެޓް ނުބާއްވާނެ ކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނައިޓް މާކެޓް ބޭއްވުމަށް އިއުލާނު ކޮށްފައި އޮތްނަމަވެސް، ނައިޓް މާކެޓް ބައްވާނީ މާލެސިޓީގައި ކޮވިޑް ކޭސްތައް އެންމެ ބޮޑަށް މަދުވިއިރު ހުރިވަރަށް މަދުވީ ދުވަހަކުން ކަމަށެވެ.

"ކޮވިޑް އާއި ޑެންގޫ ފަދަ ރޯގާތައް ގިނަ އިރެއްގައި ސިޓީ ކައުންސިލުން މާލެސިޓީގައި ނައިޓް މާކެޓް ނުބާއްވާނަން." މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން ނައިޓް މާކެޓް ބޭއްވުމަށް ނިންމާ ނައިޓް މާކެޓް ރާވައި، ހިންގާނެ ބަޔަކު ހޯދުމަށް ވަނީ އިއުލާނު ކޮށްފައެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 20 ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.