ނޫސްވެރިޔާ އަބްދުﷲ ނަސީރު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން އާންމުވި ނަމަވެސް އެ ވީޑިއޯގައި އޭނައާ އަކީ ފެންނަ މީހަކީ ވެސް ކުރީގެ ނޫސްވެރިއެއް ކަމަށް ބައެއް މިޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ރާއްޖެ ޓީވީ އާއި ސަންގު ޓީވީގައި ވެސް ކުރިން މަސައްކަތްކުރި ނަސީރާ އެކީ އެއްޖިންސުން ގުޅުން ހިންގީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަމަށް ކުރިން "ދިޔަރެސް" ނޫހުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމާ ގުޅިގެން ސަލީމް ވަނީ އެ ނޫހާ ދެކޮޅަށް 10 މިލިއަން ރުފިޔާ ހޯދަން އަބުރުގެ ދައުވާ ވެސް ކޮށްފަ އެވެ.

ބައެއް މީޑިއާތަކުން މިހާރު ރިޕޯޓްކޮށްފައިވާ ގޮތުގައި ނަސީރުގެ ވީޑިއޯގައި އޭނައާ އަކީ ފެންނަނީ ކުރީގެ "ހަވީރު" ނޫހާއި ސަންގު ޓީވީގައި މަސައްކަތްކުރި އަހުމަދު ރިޝާން (ރިޗީ) އެވެ. މުރުން 38 އަހަރުގެ އެ ޒުވާނަ އަކީ ނ. ވެލިދު އަށް ނިސްބަތްވާ މީހެކެވެ.
މި ވާހަކަ ދެކެވެން ފެށި އިރު ނަސީރު އިއްޔެ ކުރި ޓްވީޓްތަކެއްގެ ސްކްރީންޝޮޓަކެއް ވެސް ދަނީ ދައުރުވަމުންނެވެ. އޭގައި ސަލީމް ދިފާއުކޮށް އޭނާ ބުނެފައި ވަނީ ވީޑިއޯ އާއި ސަލީމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އޭނައާ ބެހޭ ގޮތުން ފަތުރާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވީޑިއޯގެ މައްސަލާފައި ނަސީރު މިހާރު ވަނީ ފުލުހުންނަށް ބަޔާން ވެސް ދީ، ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
ރާއްޖޭގައި މި ފަހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުމުވަމުންދާ އިރު، ބަންގަލްދޭޝްގެ އެމްޑީ އަލަމްގީރް ކިޔާ 25 އަހަރުގެ ޒުވާނަކީ ގިނަ އަދަދެއްގެ ދިވެހިންތަކެއް ގުޅުން ހިންގި ކަމަށް ބުނާ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.