އަވަށްޓެރި ސްރީލަންކާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ގެއަށް ވަދެގަނެފިއެވެ.
ސްރީލަންކާގައި މިއަދު އެތައް ހާސް ބަޔަކު އަންނަނީ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.
श्रीलंकेतील जनतेने उठाव करत राष्ट्रपती भवनावर हल्लाबोल केला. राष्ट्रपती भवनाला जनता घेराव घालणार असल्याचं कळताच राष्ट्रपती गोटाबाया राजपक्षे यांनी राष्ट्रपती भवनातून पळ काढल्याचं कळतंय. pic.twitter.com/hM7pxRVGWA
— Saamana (@SaamanaOnline) July 9, 2022
އެގޮތުން އެތައްބަޔަކު ވެރިރަށް ކޮލަމްބޯއަށް އެއްވެ، ގޮތަބަޔަގެ އިސްތިއުފާއަށް ގޮވަމުން އަންނައިރު، ގޯތަބަޔަގެ ރަސްމީގެއާއި އޮފީހަށް ވެސް ވަނީ ވަދެގަނެފައެވެ.
Protesters seen taking a dip inside the pool at #SriLanka President #gotabayarajapaksa #SriLankaProtests #SriLankaEconomicCrisis #SriLankaCrisis pic.twitter.com/7JAeduydW1
— Smitha T K (@smitha_tk) July 9, 2022
ލަންކާ އަށް މިހާރު ދިމާވެފައި އޮތް އިގްތިސާދީ މައްސަލަގަނޑުގެ ހޫނުގެ ތެރެއިން މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުން މެއި މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަގާމާ ހަވާލުވަޑައިގަތީ ރަނިލް ވިކްރަމަސިންހައެވެ.
ލަންކާގެ އިގްތިސާދު އެއްކޮށް ބަނގުރޫޓު ވެފައިވާއިރު، އެގައުމުގައި ހުއްޓުމެއްނެތި މުޒާހަރާތައް އަންނަނީ ކުރަމުންނެވެ.