ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި، ލަންކާގެ ޕާލިމެންޓްގެ ރައީސް ވަނީ އެކަން ހާމަކުރައްވާފައެވެ. ލަންކާ މަޖިލީހުގެ ރައީސްގެ ބަޔާނުގައި ގައުމުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާނަމަ ދޭންޖެހޭ ނޯޓިސް ދެއްވާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
އެގޮތުން ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ.
President told me to inform the country he will resign on the 13th to handing over the power peacefully – Speaker pic.twitter.com/Q1BTXedIiT
— NewsWire 🇱🇰 (@NewsWireLK) July 9, 2022
ސްރީލަންކާގައި މިއަދު އެތައް ހާސް ބަޔަކު އަންނަނީ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.
އެގޮތުން އެތައްބަޔަކު ވެރިރަށް ކޮލަމްބޯއަށް އެއްވެ، ގޮތަބަޔަގެ އިސްތިއުފާއަށް ގޮވަމުން އަންނައިރު، ގޯތަބަޔަގެ ރަސްމީގެއާއި އޮފީހަށް ވެސް ވަނީ ވަދެގަނެފައެވެ.