Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އިންޖީނު ހުއްޓުނު ލޯންޗަކަށް އެހީތެރިކަން ފޯރުކޮށްދީފި

އެރިޔަދޫ ރިސޯޓް ކައިރިން ލޯންޗެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑިއެފްއިން ބުނެފައުވަނީ ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން 33 މީހުންނާއެކު ރ.މީދޫއަށް ދަތުރުކުރަމުންދިޔަ "އަލިސް" ނަމަކަށް ކިޔާ ލޯންޗެއް، އެރިޔަދޫ ރިސޯޓް ކައިރިން އިންޖީނު ހުއްޓުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 17:59 ހާއިރު ކަމަށް މައުލޫމާތު ދީފައިވެއެވެ.

"އަލިސް" ލޯންޗުގައި ތިބި 10 މީހަކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ވެލާނާ" ގައި މިރޭ 21:15 ހާއިރު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. އަދި މާލެ ގެނެވުނު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ.