ސްރީލަންކާގައި މުޒާހަރާ ކުރަމުން އަންނަ މީހުން އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަގެ ގެކޮޅުގައި އަލިފާން ރޯކޮށްލައިފިއެވެ.
މުޒާހަރާ ކުރާ މީހުން ރަނިލްގެ ގެކޮޅުގައި ރޯކޮށްލާފައިވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ތައްޔާރަށް ހުންނެވިކަން ރަނިލް ހާމަކުރައްވާފައި ވަނިކޮށެވެ.
Protesters have broken into the private residence of Prime Minister Ranil Wickremesinghe and have set it on fire – PM media. #DailyMirror #SriLanka #SLnews pic.twitter.com/tpjQob9p5j
— DailyMirror (@Dailymirror_SL) July 9, 2022
ލަންކާގެ ސަރުކާރާއި ދެކޮޅަށް މިއަދު އެގައުމުގައި ބޮޑު މުޒާހަރާއެއް ކުރަމުން އަންނައިރު، މުޒާހަރާގެ ބައިވެރިން ވަނީ ލަންކާގެ ރައީސް ދިރިއުޅުއްވާ ގެކޮޅާއި، ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގަނެފައެވެ.
މުޒާހަރާތައް ހޫނުވެފައިވާއިރު ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވަން ވަނީ ނިންމަވާފައެވެ. އެގޮތުން ޖުލައި 13 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވަން ވަނީ ނިންމަވާފައެވެ.
މޭ މަހުގެ ތެރޭގައި ލަންކާގައި މުޒާހަރާ ކުރި މީހުންވެސް ވަނީ އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގޭގައިވެސް ރޯކޮށްލާފައެވެ.