ޒުވާން 100 ހާފިޒުން އުފެއްދުމަށް އިލްމު އިންސްޓިޓުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން ފަށާފައިވާ މަސައްކަތުގެ ތެރެއިން އާ ޕްރޮގްރާމަކަށް ފުރުސަތު ހުޅުވާލައިފި އެވެެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްކޮށް ހުންނަވައިގެން ހިންގަވާ އިލްމު އިންސްޓިޓިއުޓުން ހާޒިފުން ތަމްރީނުކުރަން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އާ ފުރުސަތެއް ހުޅުވާލީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 28 ގައި ފަށަން ނިންމާފައިވާ ޕްރޮގްރާމަށެވެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 8, 2022
މި ޕްރޮގްރާމްގައި ދެ ޖިންސްގެ ޒުވާނުންނަށް ވެސް ކުރިމަތިލެވޭނެ އެވެ. އެކަމަކި ކްލާސްތައް ކުރިއަށް ގެންދާނީ ދެ ޖިންސް ވަކިންނެވެ. ކޮންމެ ކުލާހެއްގައި ހިމެނެނީ 15 ދަރިވަރުންނެވެ. އަދ ޤުރުއާން ހިތުދަސްކުރަން ކުރިއަށް ގެންދާ ކްލާސްތައް ކުރިއަށް ގެންދާނީ ދެ ފޭހަކަށެވެ. އެގޮތުން ފުރަތަމަ ފޭހުގެ ކްލާސްތައް ބާއްވާނީ ހަފުތާ ބަންދުގަ އެވެ.
Visit ILM @ilminstitutemv website: https://t.co/v75P9r1upm
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 8, 2022
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ހާފިޒު ޕްރޮގްރާމްގައި އޭރު 600 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. އަދި މިކަމަށް ލިބޭ ތަރުހީބު ވަރަށް ބޮޑެވެ.
ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ، ރީތިކޮށް ޤުރުއާން ކިޔަވައި އަދި ޤުރުއާނަށް އަމަލުކުރާނެ ޤުރުއާން ހިތުދަސް ޖީލެއް ރާއްޖޭގައި ބިނާކުރުމެވެ.