Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ބޭނުން ވަނީ ވަތަން ސަލާމަތްކުރާނެ ވެރިކަމެއް

ދިވެހި ގައުމުގެ ހާލުގެ ދުލުން މިހާރު ގޮވަނީ މިތަން ސަލާމަތްކުރާނެ ވެރިކަމަކަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ކަންކަން އޮތް ގޮތުން މިހާރު އޮތީ ހަރުމުދާތައް ވިއްކާ ހިސާބުގައި ކަމަށެވެ.

"ހަރުމުދާ ވިއްކާ ހިސާބަށް ދިޔަ އިރު ވެސް ސަރުކާރުގެ ސިޔާސަތުތައް ބަދަލުނުކޮށް ތިބެނީ އިހުލާސްތެރި ކަމެއް ކޯލިޝަން ވެރިންގެ ނަތީމަ." އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާލަތާ ހެދި ބޭނުން ވަނީ ގައުމު ސަލާމަތްކުރާނެ ވެރިކަމެކެވެ.

"އެ ދުވަސް އަވަސްކުރައްވާށި." އާދަމް ޝަރީފު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް އިގުތިސާދީ ސިޔާސަތުތަކާ މެދު ސަރުކާރުން ހަރުދަނާ އުސޫލުތަކެއް ނުގެންގުޅޭ ކަމަށް ވަރަށް ގިނަ ބަޔަކު ދެކެ އެވެ.