Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ރަނިލްގެ ގޭގައި ރޯކޮށްލުމުން ތިން މީހަކު ހައްޔަރުކޮށްފި

މުޒާހަރާގެ ތެރެއިން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަގެ ގެކޮޅުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ރަނިލްގެ ގެކޮޅުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ތިން މީހުންނެވެ.

ލަންކާގެ ސަރުކާރާއި ދެކޮޅަށް އިއްޔެއިން ފެށިގެން އެގައުމުގައި ބޮޑު މުޒާހަރާއެއް ކުރަމުން އަންނައިރު، މުޒާހަރާގެ ބައިވެރިން ވަނީ ލަންކާގެ ރައީސް ދިރިއުޅުއްވާ ގެކޮޅާއި، ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގަނެފައެވެ. އަދި އެމީހުން އަދިވެސް ތިބީ އެތަންތަނުގެ ތެރޭގައެވެ.

މުޒާހަރާތައް ހޫނުވެފައިވާއިރު ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވަން ވަނީ ނިންމަވާފައެވެ. އެގޮތުން ޖުލައި 13 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވަން ވަނީ ނިންމަވާފައެވެ. އަދި ބޮޑުވަޒީރު ރަނިލްގެ ވެސް ވަނީ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.