Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ލަންކާ އަށް ބޭނުމީ ގާބިލު ސަރުކާރެއް: ނަޝީދު

ސްރީ ލަންކާ މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި އެ ގައުމަށް ބޭނުން ވަނީ ގާބިލު ހަރުދަނާ ސަރުކާރެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލަންކާ އަށް ދިމާވެފައި އޮތް ބޮޑުދަތުން އަރައިގަތުމަށް ބޭރު ގައުމުތަކުން އެހީ ހޯދަން މެދުވެރިއެއްގެ ރޯލު އަދާކުރަން މަންދޫބެއްގެ ގޮތުގައި ލަންކާ ސަރުކާރުން ހަމަޖައްސާފައިވާ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރެއް ހިންގޭ ފަދަ ތަޖުރިބާ ހުރި ބަޔަކާ އެކީ ލަންކާ އަށް ދިމާވެފައި އޮތް މައްސަލަތަކުން އަރައިގަނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ނަޝިދު ވިދާޅުވީ ލަންކާ އަށް ދިމާވެފައިވާ އިގުތިސާދީ އަދި ސިޔާސީ މައްސަލަތަކަށް އެ ގައުމުގެ ރައްޔިތުން ފުރިހަމަ ހައްލެއް ވެސް ހޯދާނެ އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލީ އަދި އިގުތިސާދީ ބޮޑު އަނދަވަޅެއްގެ ތެރެގައި އޮތް ލަންކާގެ ސިޔާސީ މަސްރަހު އަނެއްކާ ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރަކުރަމުންދާ އިރު، ރައީސް ގޮޓަބަޔާ ރާޖަޕަކްސް އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިސްތިއުފާ އަށް ގޮވާލާފައިވެ އެވެ އެވެ. އަދި އިއްޔެގެ ހަމަނުޖެހުންތަކ ގުޅިގެން އެ ބޭފުޅުން ވަނީ މަގާމުތައް ދޫކޮއްލަން ތައްޔާރަށް ތިއްބެވި ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެގޮތުން ރައީސް ގޮޓަބަޔާ ވިދާޅުވީ މި މަހުގެ 13 ގައި އިސްތިއުފާ ދެއްވާނެ ކަމަށެވެ. މެއި މަހު ރަނިލް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ކުރިން އެ މަގާމުގައު ހުންނެވި ގޮޓަބަޔާގެ ބޭބެ މަހިންދަ ރާޖަޕަކްސަ ސިޔާސީ ފިއްތުންތަތަކާ ހެދި އިސްތިއުފާ ދެއްވުމުންނެވެ.