އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ވިމްބަލްޑަން ޓެނިސް މުބާރާތް ސާބިއާގެ ނޮވަކް ޖޮކޮވިޗް ހަތްވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އޮސްޓްރޭލިއާގެ ނިކް ކިރްއޯސްއާ ބައްދަލުކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 4-6 އިން ގެންދިޔައީ ކިރްއޯސް އެވެ. ނަމަވެސް ޖެހިގެން އައި 6-3 އިން ކާމިޔާބުކޮށް ޖޮކޮވިޗް ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ތިންވަނަ ސެޓް 6-4 އިން ކާމިޔާބުކޮށް ޖޮކޮވިޗް މެޗުގެ ލީޑު ނެގިއިރު ހަތަރުވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 7-6 އިން ކާމިޔާބުކޮށް ޖޮކޮވިޗް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ޖޮކޮވިޗް ހަތްވަނަ ފަހަރަށް ވިމްބަލްޑަން ކާމިޔާބުކޮށްފައިވާއިރު، މިއީ މިއަހަރުތެރޭ އޭނާ ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް އެވެ.
މި ތިން ތަށްޓާއެކު ޖޮކޮވިޗްގެ ކެރިއަރުގައި ކާމިޔާބުކުރި ގްރޭންޑް ސްލޭމްތަކުގެ އަދަދު މިހާރު ވަނީ 21 އަށް އަރާފަ އެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވަނީ ސްޕެއިންގެ ރަފޭލް ނަޑާލް އެވެ. އެއީ 22 ގްރޭންޑް ސްލޭމް އެވެ.