Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ރައީސް މިނާގައި ހައްޖުވެރިންނާ ބައްދަލުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރު، ރާއްޖޭން ޙައްޖަށް ދިޔަ ހައްޖިުވެރިންނާ މިނާގައި ރޭ ބައްދަލުކުރައްވައްވައިފި އެވެ.

މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ހައްޖުވެރިންގެ ޙާލު ބެއްލެއްވުމަށް ރައީސް ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަޑައިގެންނެވިއެވެ. އެ ދެ ބޭފުޅުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވި އެވެ.

އެ ޒިޔާރަތުގައި ރައީސްގެ ހައްޖު ދަތުރުގައި ހިމެނިވަޑައިގަންނަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި އިސްލާމިކް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި އަހަރު ރާއްޖޭން 453 މީހަކު ވަނީ ހައްޖަށް ދިޔަ އެވެ. ރާއްޖޭގެ ހައްޖު މިޝަނުން ބުނެފައިވާ ގޮތުގައި ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅެވެ.

މި އަހަރު ރާއްޖޭގެ އަމީރުލް ހައްޖަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.