Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ހައްޖުވެރިން އެނބުރި އައުން 20 އިން ފެށިގެން

ރާއްޖޭން މި އަހަރު ހައްޖަށް ދިޔަ މީހުން މި މަހުގެ 20 އިން ފެށިގެން ސައޫދީ އަރަބިއްޔާ އިން އަންނަނަ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި އަހަރު ރާއްޖޭން ހައްޖަށް ދިޔައީ 453 މީހެކެވެ. އަދި އެ ހުރިހާ އެންމެން ވެސް ހައްޖަށް ދިޔައީ، ސަރުކާރުގެ ހައްޖާއި އުމުރާ ކުންފުނި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. މި އަހަރު ހައްޖަށް ދިޔަ މީހުން ސައުދީ އަށް ފުރީ ތިން ގްރޫޕަކަށެވެ. އަދި އެނބުރި އަންނާނީ ވެސް އެގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފުރަތަމަ ގްޕޫރް އަންނާނީ މި މަހުގެ 20 ގައި، ދެވަނަ ގްރޫޕް މި މަހުގެ 23 ގައި އަދި ތިން ވަނަ ގްރޫޕް އަންނާނީ 27 ގަ އެވެ.

ރާއްޖޭން މި އަހަރު ހައްޖަށް ދިޔަ ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެ އެވެ

މި އަހަރު ރާއްޖޭގެ އަމީރުލް ހައްޖަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވި އެވެ.