Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

މާލޭން 17 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

މާލެއިން 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އައިމިނަތު ޒާރާ ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ.

އެ ކުއްޖާގެ ދައްތަ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:30 ހާއިރު ކަމަށެވެ. އަދި އެވަގުތު ގެއިން ނިކުތްއިރު ލައިގެން ހުރީ ނޫ ކުލައިގެ ޖީންސަކާއި، ކަޅު ކުލައިގެ ޓޮޕްއަކާއި ބުރުގާއެއް ކަމަށެވެ. 

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ކުޑަ ކުއްޖަކު ގެއްލިގެން އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.