ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާ ސިޓީގައި ސޮއި ކުރައްވައިފިއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ގޮތަބަޔަ ރާޖަޕަކްސަ ސޮއި ކޮށްފައިވަނީ ޖުލައި 13 ވަނަ ދުވަހުގެ ތާރީހު ޖެހުމަށްފަހު ލިޔެފައިވާ އިސްތިއުފާގެ ސިޓީއެއްގައެވެ.
މި ސިޓީ ލަންކާގެ މަޖިލީހުގެ ރައީސްއާ ހަވާލުކުރައްވާނީ މާދަމާ ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.
Visit Daily Mirror Online for more: https://t.co/GOuyM3e6Is #DailyMirror #SriLanka #NewsLK pic.twitter.com/CmMsgeocwu
— DailyMirror (@Dailymirror_SL) July 12, 2022
ލަންކާ މަޖިލީހުގެ ރައީސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ގޮތަބަޔަ ރާޖަޕަކްސަ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާނެކަން އެންގެވިކަން ހާމަކުރައްވާފައެވެ. ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވަނީ ޖުލައި 13 ވަނަ ދުވަހު ކަމަށްވެސް އޭރު ރިޕޯޓް ކޮށްފައިވެއެވެ.
ސްރީލަންކާގައި އެތައް ހާސް ބަޔަކު ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފައިވާއިރު، މުޒާހަރާ ކުރާ މީހުން ވަނީ ލަންކާގެ ރައީސް ދިރިއުޅުއްވާ ގެކޮޅާއި، ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގަނެފައެވެ.
ގޮތަބަޔަ ރާޖަޕަކްސަގެ އިތުރުން ބޮޑުވަޒީރު ރަނިލްގެ ވެސް ވަނީ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.