Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ފޭދޫ ސޮކާ ކަޕް ޒޯން ސްޓޭޑިއަމަށް

އައްޑޫ ފޭދޫ ފާހި ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން މިނިވަން ދުވަހު ފަށާ ގޮތަށް ނިންމާފައި އޮތް "ފޭދޫ ސޮކާ ކަޕް 2022" ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

އެގޮތަށް ނިންމީ ކުރިން ފޭދޫ ޓާފް ދަނޑުގައި ބާއްވަން ނިންމި މުބާރާތާ ދިމާކޮށް ވެސް ދަނޑުގެ ރޮސްޓްރޮމްގެ މަސައްކަތް ނިމިފައިނުވާތީ އެވެ. މިކަމާ ގުޅިގެން ފާހި ސްޕޯޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 26 ގައި ފަށަން ހަމަޖެހިފައިވާ މުބާރަށް ރޮސްޓްރޮމްގެ މަސައްކަތް ނިންމައި ދިނުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ވެސް އެކަމަށް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ.

އެހެންވެ މުބާރާތުގެ ކުޅުން ޒޯން ސްޓޭޑިއަމަށް ބަދަލުކުރަން ނިންމީ ކަމަށް ބުންޏެވެ. "ފޭދޫ ސޮކާ ކަޕް 2022" މުބާރާތް ކުރިއަށް ދާނީ މި މަހުގެ 26 އިން ފެށިގެން އަންނަ މަހުގެ 12 އާ ހަމައަށެވެ.

"ވީމާ މިކަން މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކާއި މުބާރާތުގެ ސްޕޮންސަރުންނާއި ހުރިހާ ސަޕޯޓަރުންގެ މައުލޫމާތަށްޓަކައި އަންގައި އިއުލާންކުރަމެވެ." ފާހިގެ ބަޔާނުގައި ބުންޏެވެ.

ފޭދޫ ޓާފް ދަނޑުގެ ރެސްޓްރޮމާއި ދަނޑުގެ ވަށައިގެން ފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ހަވާލުކޮށްފައި އޮތީ ފޭދޫ ހައިޑްރޯ ކުންފުންޏާ އެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.