Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ނަޝީދަށް ޖެހުނު ހާލު ރައީސަށް ވެސް ޖެހިދާނެ

ވެރިއަކު ހޮވަނީ ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށާއި އެކަމަށް ނުކުޅެދުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތް ގޮތަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެ ހާލަތާ ކުރިމަތިލައްވަން ޖެހިދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަވަށްޓެރި ސްރީ ލަންކާގެ މިހާރުގެ ސިޔާސީ މަސްރަހާއި ރާއްޖޭގެ ހާލަތާ ވެސް ގުޅުވައިގެން އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ފެބްރުއަރީ 7، 2012 ގައި ނަޝީދު އަމިއްލަ އަށް އިސްތިއުފާ ދެއްވީ ރައްޔިތުންގެ ގިނަ ބަޔަކު ކުރި މުޒާހަރާތަކާ ވެސް ގުޅިގެން ކަމަށެވެ. ހަމަ އެގޮތަށް މިހާރުގެ ރައީސަށް ވެސް އޮތީ އެފަދަ ހާލަތެއް ކަމަށާއި ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ވެސް، އެ މަނިކުފާނަށް ފެއަށްދާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 21 ގައި މާލޭގައި ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި އިވެންޓާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާ ވިދިގެން ދީނީ ޝައިހުންތަކެއް ބެއިންސާފުން ހައްޔަރުކޮށްފައިވުމާއި "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަލާގައި ރައްޔިތުންގެ މަޖިޅިހުގެ ކުރީގެ މެމްބަރަކު ހައްޔަރުކުރުމާއި ރަަސޫލާ އަށް ފުރައްސާކުރުމާ ދެކޮޅަށް ރާއްޖޭގައި ހިންގި ހަރަކާތްތަކާއި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަަށް ފާސްކުރި ހެއްކާ ބެހޭ ބިލް ފަދަ ކަންކަމުގެ ސަބަބުން ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓިދާނެކަމާ ދޭތެެރޭ ސުވާލު އުފެދޭ ކަމަށް ޖަމީލު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ވެރިކަމުގެ ބާރު އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށްވެފައި އެ ބާރު ނެތި ޖާހަތު ގެއްލި ދިއުމަމަކީ ހިނދުކޮޅެއްގެ ތެރޭގައި ވެސް ވެދާނެ ކަމެކެވެ.

"ރައީސް ސޯލިހަށް ވެސް ހީފުޅުކުރެއްވަނީ އަބަދު ރައްޔިތުން ގުނބޯ ހެއްދެދިދާނެ ކަމަށް. [އެކަމަކު] އެ ދަސްކުރައްވަނީ މުޅިން ނުބައި ފިލާވަޅެއް." އޭނާ ވިދާޅުވި އެވެ.