Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

އެސްޓީއޯ އިން ރޭޑިއޮގްރަފީ ކޯހަކަށް ހުޅުވާލަނީ

އެސްޓީއޯގެ އެހީގައި 25 މީހަކަށް ހިލޭ ރޭޑިއޮގްރަފީ ކޯސް ހެދުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ފަށާ ގޮތަށް ހަމަޖެހިފައި އޮތް އެ ކޯހަކީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޑިޕްލޮމާ 5 ފެންވަރުގެ ކޯހެއް ކަމަށެވެ.

އެސްޓީއޯ އިން ބުނީ ކޯހުގެ ފުރަތަމަ ބެޗަށް ހޮވޭ 25 މީހުންހެ ފީ އެ ކުންފުނިން އެއްކޮށް ހަމަޖައްސައިދޭނެ ކަމަށާއި ކޯހުގައި ބައިވެރިވާން ވަރަށް އަވަހަށް އާންމުކޮށް ހުޅުވައިލާނެ ކަމަށެވެ.

އެސްޓީއޯ މެދުވެރިވެގެން ދޭ ރޭޑިއޮގްރަފީ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާއި އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެކެވެ. ކޯހަށް އެޕްލައިކުރުމުގެ ޝަރުތަކީ އޭ ލެވެލް ސައިންސް ސްޓްރީމްގެ ދެ މާއްދާ އިން ފާސްވެފައިވުމެވެ.

މި ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓާއި އެސްޓީއޯ ޖީއީ ސްކިލް ލެބްގަ އެވެ.