ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ.
އޭއެފްޕީން ރިޕޯޓް ކޮށްފައިވާގޮތުގައި، ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސް ގައުމުދޫކޮށް ފުރާވަޑައިގަތުމުން، ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވާ މިހާރުގެ ހާލަތު ކޮންޓްރޯލް ކުރުމަށެވެ. އަދި ކުއްލި ހާލަތު އިއުލާނު ކޮށްފައިވަނީ މުޒާހަރާކުރާ މީހުން އުފުލާ ވެހިކަލްތައް އަތުލުމަށް ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.
#UPDATE Crisis-hit Sri Lanka declares an indefinite nationwide state of emergency, hours after President Gotabaya Rajapaksa fled the country, the prime minister's office says.
"Since the president is out of the country, an emergency has been declared to deal with the situation" pic.twitter.com/oSbcj3sqcR
— AFP News Agency (@AFP) July 13, 2022
ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައި މައްސަލައިގައި ގިނަ ދިވެހިން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސްރީލަންކާގައި އެތައް ހާސް ބަޔަކު ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފައިވާއިރު، މުޒާހަރާ ކުރާ މީހުން ވަނީ ލަންކާގެ ރައީސް ދިރިއުޅުއްވާ ގެކޮޅާއި، ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގަނެފައެވެ.
ގޮތަބަޔަ ރާޖަޕަކްސަގެ އިތުރުން ބޮޑުވަޒީރު ރަނިލްގެ ވެސް ވަނީ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.