Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

ބޮޑުވަޒީރު ރަނިލް ވަގުތީ ރައީސަކަށް ހަމަޖައްސައިފި

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ - ފޮޓޯ: ގެޓީ އިމޭޖެސް

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ލަންކާގެ ވަގުތީ ރައީސަކަށް ހަމަޖައްސައިފިއެވެ.

ރަނިލް ވަގުތީ ރައީސަކަށް ހަމަޖައްސާފައިވަނީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވާ ރާއްޖެ ވަޑައިގަތުމާ ގުޅިގެންނެވެ.

ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް ރަނިލް ހަމަޖައްސަވާފައިވާކަމަށް އެ ގައުމުގެ މަޖިލީހުގެ ރައީސް ވެސް ވަނީ ވިދާޅުވެފައެވެ.

ލަންކާޣައި މިހާރފު ވަނީ ކުއްލި ހާލަތުވެސް އިއުލާނު ކޮށްފައެވެ. އޭއެފްޕީން ރިޕޯޓް ކޮށްފައިވާގޮތުގައި، ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސް ގައުމުދޫކޮށް ފުރާވަޑައިގަތުމުން، ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށްފައިވާ މިހާރުގެ ހާލަތު ކޮންޓްރޯލް ކުރުމަށެވެ.

ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައި މައްސަލައިގައި ގިނަ ދިވެހިން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.