Last Updated: June 8, 18:03
Sunday, June 8, 2025
ޚަބަރު

މިރޭ ފެންނަ "މާހަނދު" ރީތި މަންޒަރަކަށް ވާނެ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ: ވަން އޮންލައިން

މިރޭ ފެންނަ "މާހަނދު" ރީތި މަންޒަރަކަށް ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ ފެންނަ މާހަނދު އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ގާތްގަނޑަކަށް %7 ބޮޑުވެފައި %15 އަލި ގަދަވާނެ ކަމަށް ފަލަކީ މާހިރުން ބުނާ ކަމަށެވެ.

އަދި އުޑުމަތި ސާފު ނަމަ އާދަޔާ ޚިލާފު ރީތި މަންޒަރަކަށް ވާނެ ކަމަށް ވެސް ރައިސް މައުމޫން ވިދާޅުވިއެވެ.

ފަލަކީ ކަންކަމުގައި މިގޮތަށް ހުންނަ ފާހަގަކުރެވޭ ކަންކަމުގައި ރައީސް މައުމޫން އަބަދުވެސް ޓްވީޓް ކުރައްވާ ހައްދަވައެވެ.