Last Updated: May 2, 10:39
Friday, May 2, 2025

ރައީސް ޔާމީން އައްޑޫގައި

ރައްޔިތުންގެ މަޖިލީސްް އިންތިހާބަށް ތިން ދުވަހަށް ވެފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޑު އަށް ވަޑައިގެންފި އެެވެ.

އެ މަނިކުފާން އެންމެ ފަހުން އައްޑު އަށް ވަޑައިގަތީ ކައުންސިލް އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

މިއަދު ހަވީރު ޔާމީން އައްޑު އަށް ވަޑައިގަތުމުން ޕީޕީއެމް ކޯލިޝަންގެ ސަޕޯޓަރުން ވަނީ ގަމުގެ ވީއައިޕީ ލައުންޖާ ދިމާލުން ރައީސަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އަދި ރައީސް ޔާމީން ވަނީ އެއާޕޯޓަށް ދިޔަ މީހުންނާ ސަލާން ކުރައްވައިފަ އެވެ.

ރައީސްގެ އަރިހުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވެސް ވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ހިތަދޫ މެދު ދާއިރާ ބޮޑު މަގު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.