Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ލަތީފުގެ ކުޑަ ބަސްކޮޅަކުން ރާއްޖޭގެ މިހާރުގެ ހާލަތު

އިސްލާމް ދީން ނުދަންނަ މީހުން ރައްޔިތުންގެ މަޖިލީހާއި އެ ނޫން ވެސް މުއައްސަސާތަކުގެ އިސްވެރިންގެ ގޮތުގައި ހެދި މީހުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާރު ދީނާ ފުށުއަރާ ފާހިޝް އެތައް ކަމެއް އާންމުވަމުން ދިއުމާއި އިސްލާމް ދީނާ ދެކޮޅު އެތައް ހަރަކާތްތަކެއް ހިނގާތީ ކަންބޮޑުވުން ފާޅުކުރައްވައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީން ނުދަންނަ ދީނަށް އިހުތިރާމްނުކުރާ މީހުން ކަންކަމަށް އިސްކުރި މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ދުވަހެއްވާކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

"[އަދި] ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުކުރުމަށް އަޒުމުކުރާށެވެ." ލަތީފު ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަލީހުގައި ތިބޭ މީހުންގެ ފެންވަރާއި ސަރުކާރުގެ ބޮޑެތި މުއައްސަސާތަކުގައި ވެސް އިސްލާމް ދީނާ ދެކޮޅު ފިކުރު ގެންގުޅޭ މީހުންގެ ނުފޫޒު މިހާރު ވަރަށް ބޮޑަށް އޮތުމަކީ ވަރަށް ގިނަ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެވެ. އެގޮތުން މި ފަހުން ރާއްޖޭގައި ފެންމަތިވި އިސްލާމް ދީނާ ފުށުއަރާ އެތައް ކަމަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

އެގޮތުން އެއްޖިންސުން ގުޅުން ހިންގުމާއި އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކުރުމުގެ އަމަލުތަކާއި މިސްކިތްތަކާއި ކީރިތި ޤުރުއާނަށް ކުޅު ޖަހައި ހުރުމަތް ކެނޑުމާއި އިސްލާމް ދީނާ ފުށުއަރާ އެކިއެކި ހަރަކާތްތައް ބޭއްވުން ހިންގުން ފަދަ ކަންކަން ހިމެނެ އެވެ.