Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

މުޒާހަރާއިން ހައްޔަރު ކުރި މީހާ ދުލެއް ނުކުރޭ

މުޒާހަރާއިން ހައްޔަރު ކުރި މީހާ- ފޮޓޯ: އަވަސް

އިއްޔަ މާލޭގައި ސްރީލަންކާގެ ރައްޔިތުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހާ އަދިވެސް ހުރީ ބަންދުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ސްރީލަންކާގެ ރައިސް ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ އައުމާ ގުޅިގެން އެކަމާ ދެކޮލަށް މާލޭގައި އިއްޔަ ލަންކާގެ ރައްޔިތުން މުޒާހަރާ ކޮށްފައިވާއިރު، މުޒާހަރާގެ ތެރެއިން އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެމީހާގެ ބަންދާ ގުޅޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ އެމީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ.

ގޮތަބަޔަ ރާޖަޕަކްސަ ރާއްޖެ ގެނައި މައްސަލައިގައި ގިނަ ދިވެހިން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މިއަދު މެންދުރުގެ ވަގުތެއްގައި ގޮތަބަޔަ ވަނީ ސައުދީ އެއާލައިންގެ ބޯޓެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ.

ސްރީލަންކާގައި އެތައް ހާސް ބަޔަކު ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފައިވާއިރު، މުޒާހަރާ ކުރާ މީހުން ވަނީ ލަންކާގެ ރައީސް ދިރިއުޅުއްވާ ގެކޮޅާއި، ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގަނެފައެވެ.