އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ހިސާބުތަކަށެވެ.
މިހިސާބަށް މެންދުރު 13:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާއިރު، މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި އެ ސަރަހައްދަށް އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
— Maldives Meteorology (@MetMaldives) July 14, 2022
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުމުގެ ހާދިސާތައް ދިމާވަމުން އަންނައިރު، ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދައަރާ ގެއްލުންތައް ލިބުނެވެ.