Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ދަރިވަރަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

މާލޭގެ ސްކޫލެއްގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި ބިދޭސީ ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ރިޕޯޓްކުރި އެ މައްސަލާގައި 52 އަހަރުގެ ޓީޗަރަކު އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނަގެ ބަންދާ މެދު ގޮތެއް ނިންމައި ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޓީޗަރުންނާއި ސްކޫލްތަކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ފަރާތުން ވެސް ދަރިވަރުންނަށް ޖިންސީ ގޯނާކުރުމަކީ މި ފަހުން ވަރަށް ގިނައިން ފެންމަތިވަމުންދާ މައްސަލައެކެވެ.

ބިދޭސީ ޓީޗަރަކު މިފަދަ މައްސަލައެއްގައި ހައްޔަރުކުރި އިރު، މާލޭގެ މަޖީދިއްޔާ ސްކޫލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި އިންޑިއާގެ 55 އަހަރުގެ ފިރިހެން ޓީޗަރަކު 14 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް މި މަހުގެ ކުރީކޮޅު ފެންމަތިވެފައިވެ އެވެ.

އެ ޓީޗަރު މިހާރު ރާއްޖޭން ފުރައިގެން ގޮސްފައިވާތި އޭނާ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ވެސް ނެރެފައިވެ އެވެ.