ޗުއްޓީ އަށް ތުރުކީ އަށް ގޮސް ތިބި އައްޑޫގެ އާއިލާއެއްގެ ބަޔަކަށް އެކްސިޑެންޓެއްގައި އަނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓްގައި އާއިލާގެ ތިން މީހަކަށް އަނިޔާވެފައިވެ އެވެ. އެގޮތުން އޭގެ ތެރެއިން ތިން މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ އިރު ބައެއްގެ މީހުން ދަތްދޮޅި ބިނދި އެކެއްގެ ކޮނޑުހުޅު ވެސް ބިނދިފައިވެ އެވެ.
އެކްސިޑެންޓްވި އާއިލާގެ މެމްބަރުންގެ ތެރެއިން އެކަކީ އައްޑޫގައި ހުންނަވާ ޕްލޭނިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހީމް ޝިޔާޒެވެ. ތުރުކީ އަށް ދިޔައީ އޭނަގެ އަންހެނުންނާއި ދަރިފުޅާއި އާއިލާގެ އިތުރު މެމްބަރެކެވެ.
ޝިޔާޒްގެ ފޭސްބުކްގައި ޕޯސްޓެއްގައި ރޭ ބުނީ އަނިޔާވި އާއިލާގެ މީހުން ކްރިޓިކަލް ކަމަށާއި އެންމެންގެ ހެޔޮދުއާ އަށް އެދޭ ކަމަށެވެ.