Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައިފި، ހާލު ސިރިއަސް

ބ. އަތޮޅުގެ ފަޅު ރަށެއްގައި ދެ ބިދޭސީއެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލުމާ ގުޅިގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ބ. އަތޮޅުގެ އުނޑޫދޫ ކިޔާ ފަޅުރަށެއްގައި ރޭ ހިންގި މާރާމާރީ އަނިޔާވި 45 އަހަރުގެ މީހާ އަށް ބ. އޭދަފުށީ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިރު، އޭނަގެ ހާލު ސީރިއަސް ކަމަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 43 އަހަރުގެ މީހަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު މިކަމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް ހާމައެއްނުކުރެ އެވެ.