ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މިއަދު ވެސް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން މި އެލާޓް ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ނެރެފައި ވަނީ މެންދުރު ފަހު 2:45 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ.
Alert white for swell wave surges pic.twitter.com/H5I9ZisACu
— Maldives Meteorology (@MetMaldives) July 15, 2022
އައްޑޫ ހިމެނޭހެން މި މަހުގެ ކުރީކޮޅު ވެސް ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. އެގޮތުން އައްޑު އަށް މި ފަހުން އުދައިގެ އަސަރު ނުކުރާ ވަރަށް އެންމެ ފަހުން އެރި އުދަ އަރައި ގެއްލުންތަކެއް އެވެ.
އިއްޔެ ވެސް ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އުދައަރާނެ ކަމަށް ލަފާކޮށް މެންދުރު ފަހު އެލާޓް ނެރުނެވެ.