ބަޔާން މިއުނިކަށް ކުޅެމުން އައި ޕޮލެންޑްގެ ފޯވާޑްގެ ރޮބަޓް ލެވެންޑޯސްކީ ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ.
ލެވެންޑޯސްކީ ،33، ބާސާ އަށް ބަދަލުވާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 50 މިލިއަން ޔޫރޯގެ އަގަކަށެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން ބާސާ އާއި ބަޔާންއާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ.
ލެވެންޑޯސްކީ އަކީ މި ޓްރާންސްފާ މާކެޓުގައި ބާސާ އިން އެންމެ ބޮޑަށް ހޯދަން ބޭނުންވި ކުޅުންތެރިޔާކަން ފާހަގަކޮށްލެވެ އެވެ.
ބަޔާންގައި ހޭދަކުރި އަށް އަހަރުތެރޭ ލެވެންޑޯސްކީ ވަނީ އެ ކްލަބަށް ކުޅެދިން 375 މެޗުގައި 344 ގޯލު ކާމިޔާބުކޮށްފަ އެވެ. ލެވެންޑޯސްކީ އަކީ އެންމެފަހުން ފީފާ އިން ހޮވި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ފަރާތްވެސް މެ އެވެ.
ލެވެންޑޯސްކީގެ އިތުރުން ބާސާ އިން ވަނީ މި ޓްރާންސްފާ މާކެޓުގައި އޭސީ މިލާންގެ އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ކެސީ އާއި ޗެލްސީ އަށް ކުޅެމުން އައި ޑެންމާކްގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓެންސަންގެ އިތުރުން ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ރަފީނިއާ ގެނެސްފަ އެވެ.
މީގެއިތުރުން ބާސާ އިން ސެވިއްޔާ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.