Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

އައްޑޫގެ ދެ ކައުންސިލަރަކު ޔޫކޭގައި

އައްޑޫގެ ދެ ކައުންސިލަރަކު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރެއްގެ ތެރެއިން އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ހައި ކޮމިނަޝަރު ފަރަހަނާޒް ފައިސަލާ ބައްދަލުކުރައްވައިފަ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި އެ ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އިނގިރޭސިވިލާތަށް ވަޑައިގެންފައި ވަނީ ހިތަދޫ މޫލެކެޑަ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދާއި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރެވެ.

ސައިދާއި ޒަރީރުގެ ދަތުރުގެ ތެރެއިން އައްޑޫގެ ތަރައްގީ އަށް އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވަކިން ހާއްސަކޮށް އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމާއި ވިޔަފާރީގެ ރޮނގުން އެހީތެރިކަން ހޯދިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހައި ކޮމިޝަންގެ ޓްވިޓާގައި ބުންޏެވެ.

މި ޓްވީޓް އައްޑޫ ސިޓީ ކައުންސިލުން ވެސް ރިޓްވީޓްކުރި ނަމަވެސް ދެ ކައުންސިލަރުންގެ އިނގިރޭސިވިލާތުގެ ދަތުރާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.