Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

މެޓްރިކްސް މޯޑް އަލުން އެމްޑީޕީ އަށް

އެމްޑީޕީން ވަކިވެވަޑައިގެން ފަހުން ޕީޕީއެމަށް ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަލުން އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.

ނަަމަވެސް އަލުން ކުރީގެ ޕާޓީ އަށް އޭނާ ބަދަލުވެވަޑައިގަތް ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މޯޑް މަސައްކަތްކުރެއްވީ އެމްޑީޕީ މެމްބަރެއްގެ ގޮތުގަ އެވެ. އެމްޑީޕީގެ ޓިކެޓްގައި ދެވަނަ ފަހަރަށް ވާދަކުރެއްވި ނަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 30، 2013 ގައި ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު މޯޑް ވަނީ އެމްޕީއެލްގެ ދަށުން ހިންގާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އިސް މަގާމެއް ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވައިފަ އެވެ.