Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ވަޅިން ޒަހަމްކޮށްލި މީހާ ފަރުވާ އަށް މާލެ އަށް

މިދިޔަ ބުރާސްފަތި ދުބަހުގެ ރޭ ބ. އަތޮޅުގެ ފަޅު ރަށެއްގައި ދެ ބިދޭސީއެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ހަށިގަނޑުގެ އެތައް ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލި މީހާ އިތުރު ފަރުވާ އަށް މާލެ ގެންދަން ނިންމައިފި އެވެ.

އޭނަ އަށް މިހާރު ފަރުވާ ދެމުން އަންނަނީ ބ. އޭދަފުށީ ހޮސްޕިޓަލްގަ އެވެ. ވަޅި ހެރުމުން ހާލު ސީރިއަސްވި 45 އަހަރުގެ ފިރިހެން މީހާގެ ހާލު އަދި ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް އޭނާ ފަރުވާ އަށް މާލެ ފުރުވަން ތައްޔާރުވަމުން އަންނަ ކަމަށް އޭދަފުށީ ހޮސްޕިޓަލުން ބުންޏެވެ.

އެ މީހާ އަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން އޮޕަރޭޝަނެއް ވެސް ކޮށްފައިވެ އެވެ.

ބ. އަތޮޅުގެ އުނޑޫދޫގައި ބުރާސްފަތި ދުވަހުގެ ރޭ 9:30 އެހާކަށްހާ އިރު ހިނގި މާރާމާރީގައި ވަޅި ހެރި 43 އަހަރުގެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެކަމަކު މިއީ ކޮން ގައުމެއްގެ ބައެއްކަމާއި މާރާމާރީ ހިންގި ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.