Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ހުޅުމީދޫ ވެމްކޯ އިމާރާތެއްގެ ފުރާޅު އެއްލާލައިފި

އައްޑޫ މީދޫގައި ހުންނަ ވެމްކޯގެ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ސެގްރިގޭޓެޑް ވޭސްޓް ސްޓޯރޭޖް ސެލްތަކުގެ ފުރާޅު ގަދަވަޔާއެކު އެއްލާލައިފި އެވެ.

މިއަދު ހެނދުނު މީދު އަށް ކުރި ވިއްސާރައިގައި ވައިގަދަވެ، ސެލްތަކުގެ މުޅި ފުރާޅު އެއްކޮށް ވަނީ އެއްލާލާފައެވެ.

މިއަދު ހެނދުނު 11 ޖެހީއްސުރެން މުޅި ރާއްޖެއަށް ވައިޓް އެލާރޓް ނެރެފައިވާއިރު، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީދޫގައި ހުންނަ ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ސެގްރިގޭޓެޑް ވޭސްޓް ސްޓޯރޭޖް ސެލްތަކުގެ ފުރާޅު އެއްލާލާފައިވާއިރު، މިކަމާގުޅިގެން ވެމްކޯގެ ބަހެއް އަދި ލިބިފައެއް ނެތެވެ.